ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސްގެ ސްކޮލަޝިޕަށް ހުޅުވާލައިފި

large_thumb_1750647531330.webp
ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުން ދާއިރާއަކުން ކޯސް ކުރިއަށް ގެންދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތި ލެވޭނީ މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންނަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހައި އެޗީވާސް ސްކޮލަޝިޕާއި، ރައީސްގެ ޚާއްސަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ސެޕްޓެންބަރު 30ގެ ނިޔަލަށެވެ. ސްކޮލަޝިޕަށް ކުރިމަތިލެވޭނީ މިނިސްޓްރީގެ “ކުރި”ޕޯޓަލް މެދުވެރިކޮށެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން 6000ރ. ގެ އެލަވަންސެއް ދޭން މި އަހަރު ވަނީ ނިންމައިފައެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެކުރިން ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގައި ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން އޭ ލިބޭ ދަރިވަރުންނަށެވެ. އެހެންނަމަވެސް މިހާރު ގެނައި ބަދަލާއެކު އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނެއެވެ.

ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީ އަށް ވުރެ މަތީ ފާސްވާ ދަރިވަރުންނަށެވެ. އަދި އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވެސް ދޭން ސަރުކާރުންވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top