ބ އަތޮޅު ތިން ރަށެއްގައި އައުޓްޑޯ ޖިމްގެ މަސައްކަތް ކުރިއަށް

big_JTp2AxzZSkwUnqicE0ipQemP6-1.png

ބ. މާޅޮހާއި ހިތާދޫ އަދި ދަރަވަންދޫ ހިމެނޭ ގޮތަށް ޖުމްލަ 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި މީގެ ތެރޭގައި މުޅިން އަލަށް އައުޓްޑޯ ޖިމް ތަރައްގީކުރާ 58 ރަށާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ 13 ރަށް ހިމެނެ އެވެ.

މީގެ ތެރެއިން މާޅޮހާއި ހިތާދޫގައި އިކުއިޕްމަންޓް ހަރުކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި ދަރަވަންދޫގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެހެން ރަށްރަށުގެ ކުރެހުން ފާސްކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top