ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވަނީ އަންގަވާފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްްވި ނޫސްވެރިންގެ ބައްދަލަވުމުގައި ގިނަ އަދަދެއްގެ ނޫސްވެރިންވަނީ ކުންފުނިތަކުން މީހުން މަދުކުރުމާއި ގުޅޭގޮތުން ސަރުކާރުން ގެންގުޅެން ނިންމާފައިވާ އުސޫލުތަކާއި ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބު ދެެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މީހުންނަށް އިތުރު ފުރުސަތުތަކެއްް ހޯދަައިދެއްވާނެކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ހަދައިދިނުމަށް އެސްއެމްއީ ޑިޖިޓަލުން ދޫކުރާ ކުދި ލޯނުތަކުގެ އަދަދު އިތުރުކުރާނެކަމަށްް ރައީސް މުއިއްްޒު ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ފްރައިވެޓް ސެކްޓާ ތެރެއަށް ދިޔުމަށް އިތުރު އިންްސެންޓިވްތައް ލިބިގެންދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ނިންްމާފައިވާއިރު އެ ކުންފުނިތަކުގައި 42،000 މުވައްޒަފުން ތިބިކަމަށް ލަފާކުރެވޭކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެވަނީ ވިދާޅުވެފައެވެ. ކޮންމެ ކުންފުންޏަކުން 33 އިންސައްތަ މުވައްޒަފުން ކަނޑަން މަސައްކަތް ކުރި ނަމަވެސް، އެ ކުންފުންޏެއްގެ މަސައްކަތްތަކަށް ބަލާއިރު އެ އަދަދަށް މުވައްޒަފުން ނުކެނޑިދާނެ ކަމަށްވެސް ޒަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.





