ޝަކުވާ ހުށަހެޅުމަށް އޮފީހެއް އުފައްދަވައިފި

87ed1683-16b9-41d9-939a-23ce9dacc6c7.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު-

އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ދޭ ގޮތަށް، “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ބިއުރޯގެ އިދާރާ ގާއިމްކޮށްފައި ހުންނާނީ ރައީސް އޮފީހުގައި ކަމަށެވެ.

މި ބިއުރޯގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބިއުރޯގެ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށޭނެ ކަމަށް، އެ އޮފީހުން ބުންޏެވެ.

“ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ.

މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އާންމުންގެ ކަންބޮޑުވުންތައް ހުށަހަޅަން 24 ގަޑިއިރުގެ ޚިދުމަތްދޭ ބިއުރޯއެއް ގާއިމްކުރާނެކަން ރައީސް ހާމަކުރެއްވީ، މިދިޔަ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވީހާވެސް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްގެންދާ ސަރުކާރެއްގެ ގޮތުގައި ހެދުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅާ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި އޮފީހެއް ހުޅުވާނެ ކަމަށެވެ. އެ އޮފީސް ހުންނާނީ، 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ރައީސް އޮފީހުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top