ޖަމާޢަތްތެރިންނަށް ދުވާލަކަށް 200ރުފިޔާގެ އެލަވަންސެއް

1D6889F0-6033-488D-B667-3FFD9B5D168A-2048x1365-1.jpeg

ޖަމާޢަތްތެރިންނަށް ހާއްސަ މާލީ އިނާޔަތެއް ކަނޑައަޅައި، އުސޫލު އާންމުކޮށްފި އެވެ.

މި އުސޫލުގެ ދަށުން ‘ޖަމާޢަތްތެރިންގެ ކޮންޓިނިއުޓީ އެލަވަންސް’ ގެ ނަމުގައި ދުވާލަކަށް 200 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި އެލަވަންސަކީ ކަނޑައެޅިފައިވާ މަސައްކަތު ގަޑި ފުރިހަމަކުރުމަށްފަހު، އެ ދުވަހެއްގެ މަސައްކަތްތައް އެއްކޮށް ނިންމުމަށްޓަކައި މަސައްކަތުގައި ހޭދަކުރާ ވަގުތަށް ދެވޭ އިނާޔަތެކެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޖަމާޢަތްތެރިންގެ މަސައްކަތަކީ ކިފާޔަތުގެ ފަރުޟަކާ ގުޅިފައިވާ މުހިންމު މަސައްކަތަކަށް ވާތީ، އެ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ އެކަމަށް ރިޢާޔަތްކޮށްގެންނެވެ. އެހެންކަމުން، މި މުވައްޒަފުންގެ މަސައްކަތު ވަގުތު ކަނޑައެޅުމުގައި އާންމު މުވައްޒަފުންނާ ތަފާތު ގޮތްތަކެއް ގެންގުޅުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޖަމާޢަތްތެރިން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކަނޑައެޅިފައިވާ މަސައްކަތު ވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ހަމަކޮށްފިނަމަވެސް އެ ދުވަހެއްގެ ހާޒިރީ އިނާޔަތް ލިބޭނެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކަނޑައަޅާނީ ކަމާބެހޭ އިދާރާތަކާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެންނެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top