ރޯދަ ހަދިޔާގެ ގޮތުގައި މިލަންދޫ ކައުންސިލުން މާޗް މަހުގެ ކުނިފީ ހިލޭ

476448453_1139440250914007_3257450203583232173_n-e1770000763770.jpg

ށ. މިލަންދޫ، ފޮޓޯ؛ ސާޖިން/ޒުވާން މަސްވެރިޔާ

ރޯދަ ހަދިޔާގެ ގޮތުގައި ށ. މިލަންދޫ ކައުންސިލުން އެރަށުގެ ގޭބިސީތަކާއި އެހެން ތަންތަނުން ކުނި ނަގައި އުކާލަދިނުމަށް ނަގަމުން އަންނަ ފީ އަންނަ މާޗް މަހު ހިލޭ ކޮށްދިނުމަށް ނިންމައިފި އެވެ.

މިލަންދޫ ކައުންސިލުން ބުނީ މިއީ 1447 ވަނަ އަހަރު، ރަށުގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮށްދޭ ކަމެއް ކަމަށެވެ.

މި ޚިދުމަތް ދޭން އެ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 221 ވަނަ ޖަލްސާގައެވެ.

މި ނިންމުމާއެކު އަންނަ މާރިޗް މަހު އެއްވެސް ގޭ ބިސީއަކުން ކުނި ފީ ދައްކަން ނުޖެހޭނެކަމަށް މިލަންދޫ ކައުންސިލުން ބުންޏެވެ.

މިލަންދޫގައި ކުނި މެނޭޖުކުރުމަށް ކައުންސިލުން އެސްކަވޭޓަރެއް ގެނެސް ބޭނުންކުރަމުން އަންނައިރު، ކައުންސިލުން ކުރިން ވަނީ ކޮންމެ ގޭބިސީއަކަށް ޑަސްބިނެއްވެސް ހަދިޔާކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top