ރޯދަ މަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ފުރަތަމަ ހަފުތާ އެކަނި

Untitled-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

މިއަހަރުގެ ރޯދަ މަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރު އިއްޔެ މިނިސްޓްރީން އަލުން އާންމުކޮށްފައި ވާއިރު އޭގައި ވަނީ ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކާއި ދަރިވަރުންނާއި ޓީޗަރުންނަށް ބަންދު ދުވަސްތައް ވެސް އާންމުކޮށްފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަންގާރަ ދުވަހު ދިރާސީ އާ އަހަރު ފަށައި ކިޔެވުން ކުރިއަށް ގެންދާނީ އެއް މަސް ދުވަހަށެވެ. އޭގެ ތެރެއިން ކިޔަވައިދޭ ފަހު ހަފުތާ ވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާއަށެވެ. އެއީ އެ މަހުގެ 22 އިން 26 އަށެވެ.  

އެއަށް ފަހު ޖެހިގެން އަންނަ ހުކުރާއި ހޮނިހިރަށް ފަހު މާޗް 1 ވަނީ ޓީޗަރުންގެ ޕީޑީ ދުވަހަށެވެ. ޓީޗަރުންނަށް ހާއްސަ އެ ދުވަސް އެއް ހަފުތާގެ ނިޔަލަށް ކުރިއަށް ގެންގޮސް ނިންމާލާނީ އެ މަހުގެ 8 ގަ އެވެ. އެ ދުވަސްތަކުގައި ދަރިވަރުން ކިޔަވަން ސްކޫލަށް ދާން ނުޖެހޭ ދުވަސްތަކެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

އެ މަހުގެ ނުވަ ވަނަ ދުވަހަކީ ރޯދައިގެ ފަހު 10 ފެށޭ ދުވަހެވެ. ފަހު 10 ސަރުކާރު ބަންދު ކޮށްފައި އޮތުމުން އެ ދުވަސްތަކަކީ ވެސް ދަރިވަރުންނަށް ބަންދު ދުވަސްތަކެކެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަސް ވަނީ މާޗް މަހުގެ 20 ވަނަ ދުވަހަށެވެ. ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނެ ކަމަށް ކަލަންޑަރުގައި ވަނީ މާޗް 23 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top