އޭދަފުއްޓާއި ދަރަވަންދޫ އަތޮޅު ފައިނަލަށް

b_202601200352171768863137.2372.jpg

އޭދަފުއްޓާއި ފެހެންދޫ އިއްޔެ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ބ. އަތޮޅު ފައިނަލަށް އޭދަފުއްޓާއި ދަރަވަންދޫ ދަތުރު ކޮށްފިއެވެ.

ބ. އަތޮޅުގެ ފައިނަލަށް ދާ ޓީމުތައް އިއްޔެ ކަށަވަރުވީ އޭދަފުއްޓާއި ފެހެންދޫގެ މެޗުންނެވެ. އެ މެޗު 1-1 އިން އެއްވަރުވި އިރު، ބ. އަތޮޅުން ވާދަކުރީ ތިން ޓީމެކެވެ. އޭދަފުއްޓަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދަރަވަންދޫން ފައިނަލަށް ދިޔައީ ދެމެޗުން ތިން ޕޮއިންޓާއެކުގައެވެ.

ފެހެންދުއަށް ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

އިއްޔެ އޭދަފުށިން ކުޅުނު މެޗުގައި އެޓީމުގެ ގޯލް ޖެހީ އަލީ ނަސީމް (ދިއްލި)އެވެ. ފެހެންދޫގެ ގޯލް ޖެހީ ޒައިން އަހުމަދެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top