ހިތާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް

hithaadhoo_3a98d5afed.webp

ބ. ހިތާދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ވޯކް އެންޑް ޓޯކް ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށުން ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި މަހުގެ 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ، ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާ ގުޅިގެން ހައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގައި ދެމުންގެންދާ ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ ހިޔާލު ހޯދައި ގުޅިގެން މަސައްކަތްކުރުމުން ފެންނާނެ ހެޔޮބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ. އަދި ރަށުގައި އާންމުކޮށް ހިނގާ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ވައިބަރ ހެކް ކޮށްގެން ދިމާވާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތަކާއި އެފަދަ ކަންކަމުން ރައްކާތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކުށްމަދު ކުރުމަށް ދެފަރާތުން ގުޅިގެން ރަށުގައި ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުންނާއި ފުލުހުން ރަނގަޅުކުރަން ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top