ޓީޗަރުންނަށް ހައްގުވާ ޕްރޮމޯޝަން ވަގުތުން ދޭން އަންގަވައިފި

52319879_2787013714658494_4023486768316678144_n-1-800x533-800x533.jpg

ފޮޓޯ: ބ.އަތޮޅު ތައުލީމީ މަރުކަޒު

ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ހައްގުވާ ދުވަހުން ފެށިގެން ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް މިއަދު އަންގަވައިފިއެވެ.

މިކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުއްވި ސާލިއުލާގައި އަންގާފައިވަނީ، ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން( މުދަރިސުންނާއި އަދި ތައުލީމީ ދާއިރާގެ ފަންނީ އެހެނިގެން މުވައްޒަފުން)ގެ ސްޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ހައްގުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.

އަދި މުސާރައިގެ ކުރިއެރުން ހައްގުވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ޑިވިޜަނާ ގުޅިގެން ސްކޫލްތަކުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ސާކިއުލާގައި ފާހަގަކޮށްފައި ވެއެވެ.

އެ މަސައްކަތް 2026 ޖެނުއަރީ 31ގެ ކުރިންގެ ނިޔަލަށް ނިންމަން ވާނެ ކަމުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި އަންގާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top