ފިލްމު ޑިރެކްޓަރު ފައްތާހު ކުއްލިގޮތަކަށް ނިޔާވެއްޖެ

big_W3sJuHqoOe2nd5AH9xEjn67ni.jpg

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. ކެލާގެ ރައީސް ކަމަށް ކުރިމަތިލުމަށްޓަކައި ޕީއެންސީން ޓިކެޓް ދީފައިވާ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ނިޔާވެއްޖެ އެވެ.

ފައްތާހު ނިޔާވީ މިރޭ އިރާކޮޅު އޭނާގެ އަމިއްލަ ރަށް، ހއ. ކެލާގައި ހުއްޓައި މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

އޭނާ ނިޔާވީ ހއ. ކެލާ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިމަޖެންސީގައި ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް އާއިލާއިން ބުނެއެވެ.

އުމުރުން 54 އަހަރުގެ ފައްތާހަކީ، ފިލްމު ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސް މެއެވެ. އަދި އޭނާއަކީ އެޑިޓަރެއް، ސްކްރީން ރައިޓަރެއް އަދި ކޮރިއޮގްރާފަރެއް ކަން ފާހަގަކޮށްލެވެއެވެ.

ދިވެހި ސިނަމާގެ ތާރީޚުގައި އެންމެ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފައްތާހަށް، ގައުމީ ހަތަރު ފިލްމު އެވޯޑާއި މޯލްޑިވްސް ފިލްމު އެވޯޑު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އެވޯޑުތަކެއް ލިބިފައިވެއެވެ. އޭނާގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2004 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ ގައުމީ އިނާމު ވެސް ދީފައެވެ.

ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރީ 2017 ވަނަ އަހަރު ނެރުނު “ހައްދު” ފިލްމު އެވެ.

ފައްތާހު އޭގެ ފަހުން ރަށަށް ބަދަލުވެ އޭނާ ގެންދިޔައީ ކެލާގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top