ޕީއެންސީގެ ކައުންސިލް ޕްރައިމަރީ ފަށައިފި

69bddfae-ae49-4258-a4a5-956cb3142aeb-1.jpg

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވެރިކަން ކުރާ ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މިއަދު ޕްރައިމަރީ ފަށައިފިއެވެ.

އެގޮތުން އޭދަފުށީގައިވެސް މިއަދު 9:00 އިން ފެށިގެން ވޯޓުލުން ކުރިއަށް އެބަ ދެއެވެ. އޭދަފުށީގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒު ގައެވެ.

ޕީއެންސީން 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާ ކަމަށް ކުރިން ބުނެފައިވެއެވެ.

އެ ޕާޓީގެ ޕްރައިމަރީ ހެނދުނު 9:00 ޖެހިއިރު ފަށައިފައިވާއިރު، 16:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްގެންދާނެއެވެ.

މާލޭގައި އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުން ވޯޓުލުން ކުރިއަށްގެންދަނީ އިސްކަންދަރު ސްކޫލުގައެވެ.

ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބީ ދާއިރާތަކާއި ޕާޓީގެ މެންބަރުންގެ ލިސްޓު ޕާޓީ ޕޯޓަލްއިން، ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ވަނީ ހަދައިފައެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top