ދަރިވަރު މާރާމާރީ ހިންގި ޓީޗަރު މާލެ ގެންގޮސްފި

cgvbn-.png

އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ސްކޫލްގެ ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިންގި މާރާމާރީއަކާ ގުޅިގެން ޓީޗަރު ސަސްޕެންޑް ކުރުމަށް ފަހު މާލެ ގެންގޮސްފި އެވެ.

އިންޑިއާގެ ފިރިހެން ޓީޗަރު ސަސްޕެންޑްކޮށް އެ މައްްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނީ އިއްޔެ އެވެ. އެއީ ކްލާސް ތެރޭގައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

އެ ވީޑިއޯގެ ފަހުން ދަރިވަރާއި ޓީޗަރާ ދެމެދު ހަމަނުޖެހުންތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެފައިވެ އެވެ. އެއީ އެކި ދުވަސް މަތިން ނަގާފައިވާ ވީޑިއޯތަކެކެވެ. އެ ވީޑިއޯތަކުގައި ދަރިވަރު ޓީޗަރަށް ބުލީކޮށް، ފުރައްސާރަކޮށް ގޯނާކޮށް ގަޔަށް އަތްލާން މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.

އެޑިއުކެޝޭން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓީޗަރު މާލެ ގެންގޮސް، މިކަން ހިނގައި ދިޔަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އޭނަ ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ ދަރިވަރުގެ މައްސަލަވެސް ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އަޅާނެ ފިޔަވަޅަކާ މެދު މިނިސްޓްރީ އާއި ސްކޫލާ ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top