މުހައްމަދު އަލީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު، މާދަމާ ހުކުރުނަމާދަށް ފަހު މާލެއާއި އޭދަފުށީގައި

DSCN5197-1.jpg

އަލްމަރުހޫމް މުހައްމަދު އަލީ )1934-2025

އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު އޭދަފުއްޓާއި މާލޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފި އެވެ.

މާލޭގައި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން (ސަލްމާން މިސްކިތް) ގައެވެ. އޭދަފުށީގެ ހުރިހާ މިސްކިތެއްގައި ކަށު ނަމާދު ކުރާނެ އެވެ.

އެހެން ކަމުން މާލެއާއި އޭދަފުށީގައި ދިރިއުޅުއްވާ އެންމެހައި ބޭފުޅުން މި ކަށުނަމާދުގައި ބައިވެރިވެވަޑައިގަތުމަކީ އެއާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

މުހައްަދުއަލީ ނިޔާވީ މިދިޔަ ނޮވެމްބަރު މަހު 30 ވަނަ ދުވަހު އިންޑިޔާގެ ޗެންނާއި ގައި އުމުރުން 91 އަހަރުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top