ކުރިޔަށް އޮތް ތިން ދުވަހުވެސް ވިއްސާރަ: މެޓް

IMG_20220514_120657066.jpg

މޫސުން ގޯސް ދުވަހެއް

ކުރިޔަށް އޮތް ތިން ދުވަހު ވެސް ވިއްސާރަވެ، 24 ގަޑިއިރު މެދު ރާއްޖޭތެރެ އަދި އުތުރުގެ އަތޮޅުގެރަށްތަކަށް ގުގުރުމާއެއްކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެެޓް އޮފީހުން ބުނީ މިވަގުތު ބޯކޮށް ވާރޭ ވެހެމުންދާތީ ވައިޓް އެލާޓު ނެރެފައި ވަނީ މެދު ރާއްޖެތެރެ އާއި އުތުރުގެ ބައެއް އަތޮޅުގެ ރަށްރަށަށް ކަމަށެވެ.

”އެއީ ށ. އަތޮޅުންފެށިގެން ވ. އަތޮޅަށް. އަދި ކުރިޔަށް ބޯ ވިއްސާރަ ވިލާތައް ހުރުމުން މިވަގުތު އިނީ 11:45 އަށް އަދި އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް. ވައިގެ ބާރުމިން އުތުރުގެ އަތޮޅުތަކަށް ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުނިމުގައި ހުންނާނެ،“ މެޓް އޮފީހުން  ވިދާޅުވިއެވެ.

މެދުރާއްޖެތެރެ އާއި ދެނުކުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރި ނަމަވެސް ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށް ވެސް ވާރޭވެހޭ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top