އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރިނަމަ މާސްކު އަޅަން އަންގައިފި

img_692ab75cb7005287320947.jpg
ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ރޯގާގެ އަލާމަތްތައް ހުންނަ މީހުން މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޓް އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.                                ފަހަކަށް އައިސް ރިޕޯޓުކުރެވޭ ކޭސްތައް ގިނަވުމާ ގުޅިގެން އާންމު ރައްޔިތުން ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ އާއި ނޭވާލާ ނިޒާމުގެ އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، އަތް ސާފުކުރުމަށް ސެނިޓައިޒާ ބޭނުންކުރުމަށް ބާރު އަޅާ ކަމަށެވެ.

ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުން މުހިންމުކަން ފާހަގަކޮށްފައި ވެއެވެ. ހަމައެއާއެކު، ރޯގާގެ އަލާމާތްތައް ހުންނަ ކުދިން ސްކޫލަށް ނުފޮނުވުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން، އާންމުކޮށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން މިފަދަ ތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރައްވައެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top