މުސާރައަށް އިތުރުވިވަރު އެއްކޮށް ލިބޭނީ އަންނަ މަހުން ފެށިގެން: ފިނޭންސް މިނިސްޓްރީ

original_1710845162256.jpeg

ހާމަނައިޒްވި މުސާރަ އެއްކޮށް ލިބެން ފަށާނީ ޑިސެމްބަރު މަސް ނިމިގެން ލިބޭ މުސާރައާއި އެކުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށެވެ.

އެހެންކަމުން، 1 ނޮވެންބަރުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ، މުސާރަ ހިސާބު ކުރުމުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރ މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެން ކަމަށެވެ. އަދި  1 ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސް ތަކާއި އިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި އިނާޔަތްތަކުގެ އެއްބައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ “މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު” އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މިއާއެކު އެ ވުޒާރާއިން ބުނީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ، ދައުލަތުގެ އިދާރާ ތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ސަގާފަތެއް އާލާކުރުމަށް ކަމަށެވެ.

މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ، ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 އާއި ހަމައަށް އޮންނަ އުސޫލަކީ ސިވިލް ސާވިސްގެ ގާވާއިދާ އެއްގޮތަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top