ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަނީ

WhatsApp-Image-2024-04-16-at-09.33.45_a63d2e30-850x548-1.jpg

ރާއްޖެތެރެއަށް ވޯޓު ކަރުދާސް ފޮނުވުމުގެ ތެރެއިން/ ފޮޓޯ: އީސީ

އަންނަ އަހަރު މާރިޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާން ކޮށްފި އެވެ.

މި އިންތިޚާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އޮފިޝަލުންނަށް ވުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އީސީގެ މައި ޕޯޓަލް https://my.elections.gov.mv/ މެދުވެރިކޮށެވެ.

އޮފިޝަލުންނަށް ވާން އެދި ހުށަހެޅޭނީ 18 އަހަރުވެފައިވާ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ މީހުންނަށެވެ.

އިންތިޚާބީ އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ ދޭއިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ލިބޭނެއެވެ. އަދި ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އީސީން ބުނީ އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް ޖެނުއަރީ 10-27 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top