”ބެޓާ އިން ބާ ފުޓްސަލް ފިއެސްޓާ 2025 “ ފުޓްސަލް ތަށި އޭދަފުށިން މިލްކް ކޮށްފި

photo_2025-11-18_06-18-51.jpg

ޗެމްޕިއަން ޓީމަށް ދޮޅުލައްކަ ރުފިޔާ ހުށަހަޅައިގެން ބ. އަތޮޅު ކައުންސިލުން ބޭއްވި ”ބެޓާ އިން ބާ ފުޓްސަލް 2025“ ގެ ފިރިހެން ޑިވިޜަންގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދައި އޭދަފުށިން ތަށި މިލްކު ކޮށްފި އެވެ.

ރޭ އޭދަފުށީ ފުޓްސަލް ދަނޑުގައި ބޭއްވި މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުގައި ހިތާދޫ ވާދަކޮށްގެން އޭދަފުށި މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިން ހިތާދޫ ބަލިކުރުމަށް ފަހު އެވެ.

 

ދެޓީމުގެ ވަރަށް ގިނަ ސަޕޯޓަރުންގެ ވަރުބަލިވުމެއް ނެތި ދެމުން އައި ތަރުހީބާއެކު ކުޅުނު މި މެޗު ފަށައިގެން ނިމެންދެން ވެސް ފެނުނީ ވަރަށް ބޮޑަށް އެޓޭކިންގ ގޭމެއް ކުޅުމަށް މަސައްކަތް ކުރި ތަނެވެ. މީގެ ސަބަބުން ހިތާދޫއަށް ކުރިއަށް ޖެހިގެން އެޓޭކް ކުރަން މާގިނަ ފުރުސަތުތަކެއް ނުލިބުނެވެ.

މެޗުގައި އޭދަފުށިން ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފު ނިމެން ދަނިކޮށް އިތުރު ވަގުތު ކޮޅުގެ ތެރޭގައެވެ. މިލަނޑު ޖަހައިދިނީ އަލީ މާއިސް (މައްޓު) އެވެ. މައްޓުއަކީ އޭދަފުއްޓަށް ކުޅުނު ރަށުން ބޭރުގެ ކުޅުންތެރިޔާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާ އެވެ.

މިމުބާރާތުގެ އަންހެން ޑިވިޜަންގެ ތަށި ވެސް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކުރި ރީތި ނަމާއެކު މިލްކުކޮށްފައިވަނީ ކާމިޔާބުކުރީ ބ. ގޮއިދޫ އަންހެން ޓީމެވެ.

އަންހެން ޑިވިޝަންގެ ތަށި ގޮއިދޫން މިލްކް ކުރީ ފައިނަލްގައި 6-0 ން ދޮންފަނު ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފައިނަލް މެޗުގައި ޖެހި ދެގޯލާއެކު މުބާރާތުގައި 14 ގޯލް ޖެހި މައީޝާ އަބްދުލް ހަންނާނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ރަންބޫޓާއި މުބާރާތުގެ ކްއީންގެ މަގާމު ހޯދީވެސް މައީޝާ އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ގޮއިދޫ:ފޮޓޯ-ބ.އަތޮޅު ކައުންސިލް

މުބާރާތުގެ ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިއަކީ އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. ފިރިހެން ޑިވިޝަންގެ ރަންބޫޓް ހިއްސާކުރި ހަތަރު ކުޅުންތެރިންގެ ތެރޭގައިވެސް ސައްޓު ހިމެނޭއިރު ރަންބޫޓް ހިއްސާކުރި އެހެން ކުޅުންތެރިންނަކީ ހިތާދޫގެ އަހުމަދު ހުސައިން, ކުޑަރިކިލުގެ ހުސައިން ސުހައިލް އަދި ތުޅާދޫގެ އަބްދުالله ތަހުސީން އެވެ.

މިމުބާރާތުގެ ކްއީން އާއި ކިންގަށް މިދިޔަ އަހަރުވެސް ހޮވުނީ މައީ އާއި ސައްޓު އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން ހިމެނެނީ އޭދަފުށީގެ މުޙައްމަދު ފާސިރު އާއި ހުސައިން ޝަރީފް އާއި ހިތާދޫގެ އަޙްމަދު ހުސައިން އާއި މުޙައްމަދު ޒީދާން ޒުހުރީ އެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކީޕަރަކީ ހިތާދޫގެ އިބްރާހީން ނާޖިހެވެ.

މިއީ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ 3 ވަނަ މުބާރާތެވެ. ޗެމްޕިއަން ޓީމަށް 150,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75,000 ރުފިޔާ ވަނީ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top