އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ކޮށްފި

large_176275612552tb5A.jpg

އިމިގްރޭޝަނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ހަނދާނީފިލާ އެރުވުން: ޕާސްޕޯޓު ހައްދަން އިމިގްރޭޝަނަށް ދިއުން ނިމުމަކަށް ގެނެސް، ސަރަހައްދުގައި 100% އީ-ވިސާގެ ހިދުމަތްދޭ ފުރަތަމަ ގައުމަކަށް ރާއްޖެ---ފޮޓޯ: ރައީސް އޮފީސް

’މޯލްޑިވްސް 2.0‘ ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްފި އެވެ.

މިކަން ރަސްމީކޮށް އިފުތިތާހުކުރީ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޕާސްޕޯޓުގެ ކަންކަން ކުރުމަށް ހާއްސަ މޮބައިލް އެޕާއި އިމިގްރޭޝަންގެ ވެބްސައިޓް ރީލޯންޗު ކޮށްދެއްވާފައިވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.

މި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އާ މޮބައިލް އެޕާއި ފޭޝަލް ރިކޮގްނިޝަން އެޕްގެ އިތުރުން ދި “އީ-ވިސާ” ތަޢާރަފުކޮށްފައިވެ އެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އިިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިމިގްރޭޝަންގެ އެޕަކީ އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއް ތަނަކުން ފަސޭހައިން ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ ޕާސްޕޯޓު އެޕްލިކޭޝަންތަކާއި ވިސާގެ އެންމެހާ މައުލޫމާތުތައް އިމިގްރޭޝަނުން މިއަދު ލޯންޗުކުރި އެޕުން ލިބޭނެ ކަމަށެވެ.

“އަލަށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާ ޕާސްޕޯޓު އައުކުރުމަށް ފަސޭހަކަމާއެކު ހުށަހެޅޭނެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެފަރާތެއްގެ ޕާސްޕޯޓުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ. މީގެ އިތުރުން ރާއްޖޭގެ ހުރުމަށް ވިސާ ބޭނުންވާ ބިދޭސީންނަށް ދޫކުރާ ވިސާގެ މައުލޫމާތު މި އެޕްލިކޭޝަނަށް ލޮގްއިންކުރައްވައިގެން ފަސޭހަކަމާ ރައްކާތެރިކަމާއެކު ބަލާލެވޭނެ،” ފަސީހު ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނީ އީ-ވިޒާގެ ހިދުމަތާއެކު މީގެ ކުރިން ވީޒާގެ ހިދުމަތް ހޯދުމަށް ވަކިވަކި ސިސްޓަމްތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވަމުންދިޔަ ގޮންޖެހުންތަކަށް ހައްލު ލިބި ލުއިފަސޭހަކަމާއެކު ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ވިޒާ ދޫކުރުމާއެކު އީ-ވިޒާ އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށާއި އީ-ވިޒާގެ ސައްހަކަން ކަށަވަރު ކުރުަށް ކިއުއާރް ކޯޑެއް ހިމެނިފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގެ 31 ރަށެއްގައި ޕާސްޕޯޓު ކަލެކްޝަން ހިދުމަތް މިހާރު ލިބެމުން ދާކަމަށް ވެސް އިމިގެރޭޝަނުން ހާމަކުރި އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top