ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާރމިނަލް ޑިޒައިންކުރާނެ ބަޔަކު ހޯދަން އައިލޭންޑް އެވިއޭޝަނުން އިއުލާންކޮށްފިއެވެ.
އައިލޭންޑް އެވިއޭޝަނުން ބުނި ގޮތުގައި ދަރަވަންދޫ އެއާޕޯޓުގެ ޖާގަ ބޮޑުކޮށް ޚިދުމަތްތައް އިތުރުކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވުމާއެކު، ޓާރމިނަލް ބޮޑުކޮށް ޑިޕާޗަރ ގޭޓް އިތުރު ކުރެވޭނެ ކަމަށާއި އެރައިވަލް ހޯލް ބޮޑު ކުރުމާއި އެރައިވަލް ބެލްޓް އިތުރުކުރެވޭނެކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން ޑިޕާޗާ ހޯލުގައި ކެފޭއެއްގެ ޖާގަ އިތުރުވެގެން ދާނެކަމަށާއި މިހާރު ހުރި ޓާމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.
އައިލޭންޑް އެވިއޭޝަންގެ އިޢުލާނުގައި ބުނީ ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޑިޒައިން ކުރުމުގެ މަސައްކަތާއި އެކަމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދާކަމަށެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ







