މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ : މިނިސްޓަރު

vbnm.png

އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުީ މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖެއްގައެެވެ.

އެމަނިކުފާނު ވިދާޅުި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށް ދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންނެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރު “ރީކާސްޓިން ޓީޗިން އޭސް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން” އަށް އިޝާރާތް ކުރައްވައި ޝަފީއު ވިދާޅުވީ، ޓީޗަރުންނަކީ ގުޅިގެން މަސައްކަތްކޮށް، އެ ދާއިރާގެ ފަންނު އިތުރަށް ކުރިއަރުވައި، އުނގަންނައި ދިނުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

އަދި ޓީޗަރުންގެ ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާ އެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު ޓީޗަރުން އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށް ދިނުމަށް ސަރުކާރުން ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top