ބޭންކް އޮފް މޯލްޑިވްސް ގެ ކްރެޑިޓް ކާޑުން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މިޑިއާގައި އެ މަނިކުފާނު ވިދާޅުވީ ޑެޑިޓް ކާޑުން މަހަކު ބޭނުން ކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ބަދަލު އަންނާނީ ފެބްރުއަރީ 1، 2026 އިން ފެށިގެން ކަމަށެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ބޭންކްގެ މި ފަދަ ނިންމުންތައް އާންމުކޮށް އިއުލާނުކުރަނީ ބޭންކުންނެވެ. އެކަމަކު، މި ފަހުން ރައީސް މުއިއްޒު ގެންދަވަނީ ބޭންކްގެ ވަރަށް ގިނަ ނިންމުންތައް އެ މަނިކުފާނު އިސްވެ އިއުލާނު ކުރައްވަމުންނެވެ.






