ހިންމަފުށީ ކައުންސިލުން އެރަށުސްކޫލްކުދިންގެ ކިޔެވުމަށް ހިތްވަރުދޭން ނިންމާފައިވަނީ ފައިސާގެ ބޮޑެތި އަދަދުތަކުން.

1513744_294729997403553_678318195336288313_n.jpg

ހިންމަފުށި ސްކޫލް

ރަށު ކައުންސިލްތަކުގެ ޚިދުމަތުގެ ބައުންޑްރީއަކީ ހީކުރާވަރަށްވުރެ މާދުރަށް ދިގާއި ހުރަހަށް ފެތުރިފައިވާ ތަނެއްކަން މިހާރު ބައެއް ކައުންސިލްތަކުން އެދަނީ ސާބިތު ކޮށްދެމުންނެވެ. ރަށުގެ ތަރައްގީއާއި ތައުލީމަށާއި ރައްޔިތުންގެ އެކުވެރިކަމާއި ގުޅުން ރަނގަޅު ގޮތުގައި ބޭއްވުމަށް ކައުންސިލްތަކުން އެގެންދަނީ އެ ވެރިންނަށް ލިބިފައިވާ ބާރުގެ ފިޔަގަނޑު ފަތުރާލަމުންނެވެ. ކުރިން ނުގެންގުޅޭ އާގޮތްތަކަކަށް ރައްޔިތުންނާ ގުޅުން ބަދަހި ކުރުމާއެކު ތައުލީމީ އާ ޖީލެއް ބިނާކުރުމަށް މުޅިން އާކަންތައްތަކެއް ތައާރަފްވެސް ކުރަމުންނެވެ.

މިގޮތުން މިއަދު ލިބުނު އެންމެ އުފާވެރި ޚަބަރަކީ ހިންމަފުށި ކައުންސިލުން އެރަށުގެ ތައުލީމު ކުރިއެރުވުމުގެ ގޮތުން ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމި އާދަޔާ ޚިލާފު އަގުބޮޑު އޭގެ ފައިދާ މުސްތަގްބަލުގައި އެރަށުން ފެންނާނެ ވަރަށް ބިނާކުރަނިވި ނިންމުމެކެވެ. އެހެން ކައުންސިލްތަކަށް ދެއްކިނަމޫނާއެއްކަމަށް ބެލެވިދާނެ ނިންމުމެއްވެސް މެއެވެ.

ހިންމަފުށީ ކައުންސިލުގެ ރައީސް ޝާން އިބްރާހީމް ވިދާާޅުވީ އެރަށު ސްކޫލްގައި ގްރޭޑް10 ފުރިހަމަކޮށް އޯލެވެލް އިމްތިހާނުގައި ބައިވެރިވެގެން ރަނގަޅު ނަތޖާ ހޯދާ ދަރިވަރުންނަށް ހިތްވަރުދިނުމުގެ އިނާމު ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައެވެ. ރަށުގެ ތައުލީމު ކުރިއެރުވުމުގެ މަގްސަދުގައި މިގޮތަށް ނިންމުމުން މި އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް ވަރަށް ރަނގަޅު އިނާމު ހުށަހަޅާފައި ވާކަމުގައި އޭނާ ވިދާޅުވިއެވެ.  އެގޮތުން މި ޕެކެޖްގައި ހިމެނޭ އެންމެ އަގުބޮޑު އިނާމަކީ ރަށު ސްކޫލުން ގްރޭޑް 10 ނިންމައި އޯލެވެލްގައި ބައިވެރިވެގެން ރާއްޖޭގެ ގަދަ 10ގައި ހިމެނޭ ކޮންމެ ދަރިވަރަކަށްވެސް ކައުންސިލްގެ ފަރާތުން  ދިނުމަށް ކަނޑައަޅާފައިވާ ބައިލައްކަ ރުފިޔާ ގެ އަގުހުރި އިނާމެވެ. އަދި އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވާ ކޮންމެ ދަރިވަރަކަށް ދިހަހާސްރުފިޔާއާއި ރިސޯޓެއްގައި އެއްދުވަހުގެ ޗުއްޓީއެއް ތިން މީހަކާއެކު ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން، އޯލެވެލްގައި މާއްދާއަކުން 65 ޕަސެންޓް ހޯދާ ދަރިވަރުންނަށް ވެސް 5000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ހިންމަފުށީކައުންސިލުން ނިންމާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top