ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2025: ކުޑަރިކިލާއި ދޮންފަނު ފައިނަލާ ގާތަށް

large_175863553055lJis.jpg

މުބާރާތުގައި ދޮންފަނާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން

“ވިޒިޓް ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2025” ގައި ބ. ކުޑަރިކިލާއި ދޮންފަނު ކުޅުނު ދެ މެޗުން މޮޅުވެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ބ.އަތޮޅު ހަތަރު ރަށަކަށް ހުޅުވާލައިގެން ފެށި 16 އަހަރުން ދަށުގެ މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު ކުޑަރިކިލު ކާމިޔާބުކުރީ މުބާރާތް ބާއްވާ ދަރަވަންދޫއާ ވާދަކޮށް 5-2 އިންނެވެ. ދެވަނަ މެޗު ދޮންފަނުން ކާމިޔާބުކުރީ މާޅޮހާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ކުޑަރިކިއްޔާއި ދޮންފަނަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި ދަރަވަންދޫ އޮތީ އިއްޔެ މާޅޮސް ބަލިކޮށްގެން ހޯދި ތިން ޕޮއިންޓާއެކުއެވެ.

ކުޅުނު ދެ މެޗުންވެސް ބަލިވެ މާޅޮހަށް ވަނީ ފައިނަލުގެ ދޮރު ބަންދުވެފައެވެ. ނަމަވެސް ރޭންކިންގެ ތިންވަނަ ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އެއީ ކުޑަރިކިލުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި ދޮންފަން ބައްދަލުކުރާނީ ދަރަވަންދުއާއެވެ.

މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 15،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ފުޓްސަލް ކިންގަށްވަނީ 1،000 ރުފިޔާ ހުށަހަޅާފައެވެ.

މި މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާ ދަރަވަންދޫގެ އިތުރުން ކުޑަރިކިލާއި މާޅޮހާއި ދޮންފަނެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top