ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމާލައިފި

big_xqODmsJYkMOS3LnviYXCqf5dS.jpeg

“އޭދަފުށީ” ޓީމް ބައިވެރިވާ “ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025” ބެޑްމިންޓަން މުބާރާތް ރޭ ނިންމާލައިފިއެވެ.

މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައިު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން އެމަނިކުފާނުވަނީ “ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025” ބެޑްމިންޓަން މުބާރާތުގެ ފައިނަލް ދެ މެޗް ބައްލަވާލައްވާފަ އެވެ.

ފައިނަލް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި “މާލޭ” ޓީމާއި “އޭދަފުށީ” ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ “ހުޅުދޫ ބޯއީ” އާއި “އިންޑިއާ” އެވެ.

މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށް ދެއްވީ ރައީސް މުއިއްޒެވެ.

މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، “ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް” ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top