”ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 “ގައި އޭދަފުށީ ކުޅުންތެރިން 25 މެޑަލާއެކު ރަށަށް

Bedminton.jpg

ރޭ މާލޭގެ ކުޅިވަރު އެކުވެނީގައި ނިންމާލި ”ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 “ގައި އޭދަފުށީ ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން 25 މެޑެލާއި އެކު މިއަދު އެނބުރި ރަށަށް އަތުވެއްޖެ އެވެ.

ރިވައިވަލް އޭދަފުށި ބެޑްމިންޓަން އެކަޑަމީގެ އެކި އުމުރު ފުރާތަކުން މި މުބާރާތުގައި 59 ކުޅުންތެރިން ވާދަކޮށްފައިވާއިރު ރިވައިވަލް ސްޕޯޓްސްގެ އޭދަފުށީ ކުޅުންތެރިން ވަނީ 2 ރަން މެޑަލާއި، 7 ރިހި މެޑަލާއި އަދި 16 ލޯ މެޑަލް ހޯދާފައެވެ.

މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 347 ކުޅުންތެރިން 700އަށްވުރެ ގިނަ މެޗު ކުޅެފައިވެ އެވެ. މީގެ ތެރޭގައި ގައުމީ ލެވެލްގެ ކުޅުންތެރިންނާއި އެކި އުމުރުފުރައިގެ ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ގިނަ ބެޑްމިންޓަން ކްލަބުތަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި އެންމެގިނަ ކުޅުންތެރިން ވާދަކުރީވެސް އޭދަފުށިންނެވެ.

އޭދަފުށީގެ އިތުރުން މި މުބާރާތުގައި ވާދަކުރުމަށް ރަށްރަށުންވެސް ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ މާލެ ގޮސްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top