ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިދިޔަ ޖުލައި މަހު މައްޗަށް ގޮސްފިކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.
އެންބީއެސް އިން އާންމު ކުރި މުދަލާއި ޚިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު އަގުތައް ވަނީ 3.97 ޕަސެންޓް އުފުލިފަ އެވެ.
އިންފްލޭޝަން ރޭޓުވެސް މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ވަނީ 0.02 ޕަސެންޓް އުފުލިފައެވެ.
ސީޕީއައި ރިޕޯޓަށް ބަލާއިރު އަގުތައް އެންމެ ބޮޑުވީ ތަރުކާރީ އާއި ކަނޑުމަހުންނެވެ.
އަގުތައް ބޮޑުވި ބާވަތްތައް
- ތަރުކާރީ – 2.35 ޕަސެންޓް
- ކަނޑުމަސް – 0.55 ޕަސެންޓް
- ކިރާއި އެހެނިހެން ޑެއިރީ އަދި ބިސް – 0.59 ޕަސެންޓް
ސީޕީއައި ރިޕޯޓުގައިވާ ގޮތުން ޖުލައި މަހު މޭވާގެ އަގުތައް 1.12 ޕަސެންޓް ދަށަށް ދިޔަ އެވެ. އަދި މޯބައިލް މުވާސަލާތީ ޚިދުމަތް ތަކުގެ އަގުތައް 0.85 ޕަސެންޓް ދަށަށް ދިޔައިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 1.01 ޕަސެންޓް ދަށަށް ދިޔަ ކަމަށް ސީޕީއައި ރިޕޯޓްގައި ބުނެފައިވެ އެވެ.






