އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެކި މަސައްކަތްތަކަށް ބޭނުންވާ 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނު ކޮށްފި އެވެ.
އީސީން ބުނީ އެ ކޮމިޝަަނަށް ވަޒީފާއަށް މީހުން ހޯދަނީ އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކަމަށެވެ.
އީސީ ގެ އިއުލާނުގައި އޮފިސަރ، ކޮންޓެންޓް ކްރިއޭޓާ، ސީނިއާ އޮފިސަރ، ޑްރައިވަރު، މެއިންޓެނަންސް އޮފިސަރ، ސެކިއުރިޓީ އޮފިސަރ، މަސައްކަތު، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް މާސްޓާ ޓްރޭނަރ، ގްރެފިކްސް ޑިޒައިނަރ، ޓެކް އޮފިސަރ، ފޮޓޯގްރާފަރ، އަދި އޮފީސް އެސިސްޓެންޓްގެ މަގާމަށް މީހުން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 3:00އާ ހަމައަށް ހުޅުވާލާފަ އެވެ. އަދި ވޯކް އިން އިންޓަވިއު މި މަހުގެ 29 އަދި 30 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.






