ކާނާގެ ޔަގީންކަން އިތުރުކުރުމަށް ރަށްރަށަށް ގަސްފޮނުވަނީ

112-48-1024x724-1.jpeg

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށްޓަކައި ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް 1159 ގަސް ފޮނުވައިފިއެވެ.

އެގްރިކަލްޗަ މިނިސްޓްރީން ބުނީ ހަނިމާދޫގައި އެގްރިކަލްޗަ ސެންޓަރުން ރަށްރަށަށް ބޭނުންވާ މިންވަރަށް ގަސްތައް ފޯރުކޮށްދެމުންދާ ޕްރޮގްރާމްގެ ދަށުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ ހަތަރު ރަށަކަށް ޖުމްލަ 1،159 ގަސް ފޯރުކޮށް ދީފައިވާ ކަމަށެވެ.

* ފުނަދު އަށް:

ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 8، އޮފީސްތަކަށް 57) ޖުމްލަ 65
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 9، އޮފީސްތަކަށް 107) ޖުމްލަ 116
މުރަނގަ ގަސް (ގޭބީސީތަކަށް 5، އޮފީސްތަކަށް 106) ޖުމްލަ 111
އަލަގަސް (ގޭބީސީތަކަށް 32) ޖުމްލަ 32

* ޅައިމަގަށް:

ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 59 ) ޖުމްލަ 59
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 52) ޖުމްލަ 52
މުރަނގަ ގަސް (ގޭބީސީތަކަށް 51) ޖުމްލަ 51
އަލަގަސް (ގޭބީސީތަކަށް 216) ޖުމްލަ 216

* ނަރުދު އަށް:

ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 7، އޮފީސްތަކަށް 53) ޖުމްލަ 60
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71
މުރަނގަ ގަސް (ގޭބީސީތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67
އަލަގަސް (ގޭބީސީތަކަށް 56) ޖުމްލަ 56

* ބިލެތްފަހި އަށް:

ބަނބުކެޔޮ ގަސް (ގޭބީސީތަކަށް 29) ޖުމްލަ 29
ޖަނބުރޯލް ގަސް (ގޭބީސީތަކަށް 29) ޖުމްލަ 29
މުރަނގަ ގަސް (ގޭބީސީތަކަށް 29) ޖުމްލަ 29
އަލަގަސް (ގޭބީސީތަކަށް 116) ޖުމްލަ 116

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށް ދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށް ވެސް 50 ބަނބުކެޔޮގަސް ހަދިޔާކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top