ކުޑަރިލިކިލާއި ތުޅާދޫގެ މަގުތައް ހަދަން ހަވާލުކޮށްފި

Gxv8Rq3bAAAOJFN.jpg

ބ.ކުޑަރިކިލާއި ތުޅާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފި އެވެ.

މި ޕްރޮޖެކްޓާއި އެކު އިތުރު ނުވަ ރަށެއްގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ވަނީ ހަވާލު ކޮށްފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ އެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

ސަރުކާރުން ރާއްޖެތެރޭގެ ރަށްރަށުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކާ ހަވާލު ކުރި ނަމަވެސް އެ މަޝްރޫއު އެދެވޭ ގޮތެއްގައި ނުހިނގާކަން ރައްޔިތުން ފާހަގަ ކުރެއެވެ. އެކަމާކަންބޮޑުވުން އޮވެއެވެ. ސަރުކާރުގެ ތިން ކުންފުންޏަށް އޮބި ނޯންނަ ވަރަށް މަސައްކަތް ހަވާލު ކުރާއިރު އެކުންފުނި ތަކުގައި އެވަރުގެ ކެޕޭސިޓީއެއް ނެތްކަން އެންމެންނަށްވެސް އެނގެއެވެ.

ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކުރަމުންނެވެ. އެގޮތުން ދާދިފަހުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި 6 ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top