”އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ނުކުރޭ!“

422193_3_7af29442e2805f94754d6b71d4b56b072817c567_large.jpeg

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހު ވާހަކަ ދައްކަވަނީ.---ފޮޓޯ ލޯކަލް ގަވަމެންޓް މިނިސްޓްރީ

ރަސްމީ ގަޑީގައި މަސައްކަތް ނުކޮށް، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ނުކުރުމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނާސިހު އެހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މި އަހަރުގެ ”މެދު މުރާޖައާ“ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ނާސިހު ވިދާޅުވީ، އޮފީސްތަކުގައި ކަންކަން ހާސިލް ނުވާ ސަބަބު ބެލުމާއި ސެކްޝަންތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން މުރާޖައާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މުސާރަ ބޮޑުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާސިހު ވިދާޅުވީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކަށް ސިވިލް ސާވަންޓުން އިސްކަންދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވީހާ ވެސް ގިނައިން އޮފީހުގައި ވަގުތު ހޭދަކުރުން ފާހަގަ ކުރެއްވިއެވެ.

ނާސިހު އިތުރަށް ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ޕޭކޮމިޝަނުން އެކިއެކި މިނިސްޓްރީތަކާ ވެސް މިހާރު ބައްދަލުކުރަމުން އަންނަ ކަމަށެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ނާސިހު ވިދާޅުވިއިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

30،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ސިވިލް ސާވަންޓުންނަށް މިދިޔަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top