ކުރިއަށް އޮތް ތިން ދުވަހު މުޅިރާއްޖެއަށް ވިއްސާރަ

IMG_20200724_134101732.jpg

މޫސުން ގޯސް ދުވަހެއް.

ކުރިއަށް އޮތް ތިން ދުވަހު މުޅިރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައި ގަދަވެ ވިއްސާރަ ކުރާނެ ކަމަށެވެ.

ހާއްސަކޮށް ބުދަ، ބުރާސްފަތި މި ދެ ދުވަހު އާންމު ވައި ވަރަށް ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެން ދާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ބުރާސްފަތި ދުވަހުން ފެށިގެން ކުޑަވާނެ ކަމަށެވެ.

އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިދުވަސްކޮޅަކީ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްކޮޅަކަށްވުމުގެ އިތުރުން، ފުރަތަމަ ޓާމްގެ ކިޔެވުންވެސް ނިމި، ސްކޫލް ބަންދު ދުވަސްތަކަކަށް ވާތީ ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން އެދިފައިވެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top