ނިޝާން ޢިއްޒުއްދީންގެ ލަގަބު މުއުތަސިމާއި ޞާބިރާއި ގާސިމަށް

large_175359059919aisW.jpg

ނިޝާން ޢިއްޒުއްދީންގެ ލަގަބުއަރުވާފައިވާ، މުއުތަސިމާއި ޞާބިރާއި ގާސިމް --

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.ޢ.ޢ.ވ)، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.

ރިޓަޔާޑްް އުއްތަމަފަނޑިޔާރު މުއުތަސިމަށް އެ އިއްޒަތް އެރުވީ ގާނޫނީ ދާއިރާގައި ކުރެއްވި މަސައްކަތާއި ގާނޫނީ ދާއިރާއަށް މީހުން ނެރުމަށް ކުރެއްވި މަސައްކަޕުޅުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މުއުތަސިމް އުއްތަމަފަނޑިޔާރުކަމުން ރިޓަޔަކުރެއްވީ މި މަހުގެ 21 ގަ އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ 2019 ގެ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން މުއުރަސިމް ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.

މުއުތަސިމް އުއްތަމަފަނޑިޔާރުކަމުން ރިޓަޔަކުރެއްވީ މި މަހުގެ 21 ގަ އެވެ.

އޭނަ އެ މަގާމަށް އައްޔަންކުރީ 2019 ގެ ޑިސެމްބަރުގަ އެވެ. އޭގެ ކުރިން މުއުތަސިމް ވަނީ 2009 އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.

ރާއްޖޭގެ އެންމެ ނުފޫޒު ގަދަ ވިޔަފާވެރިޔާ ކަމަށްވާ ގާސިމަކީ މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރެކެވެ. އޭނަ އަކީ ފިނޭންސް މިނިސްޓަރުކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ގާސިމް އެންމެ ފުރަތަމަ އަދާކުރެއްވި ސަރުކާރުގެ ވަޒީފާ އަކީ ގަވަމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާ އެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު އޭނަ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އެއަށް ފަހު 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި އަމިއްލަ މަސައްކަތުގެ ދާއިރާއަށް ވެދެވަޑައިގެންނެވިއެވެ.

ގާސިމަކީ ވަނީ ނޮވެންބަރު 1، 2018 އިން މެއި 27، 2019 އާ ހަމައަށްގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ހަސަން ސޯބިރަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުއްވީ ޓޫރިޒަމާއި އިގްތިސޯދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އޭނަ ޓޫރިޒަމް މިނިސްޓަރުކަމުެ އިތުރުން ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ސޯބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަންގެ މަގާމު ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top