ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ތައްޔާރުވެއްޖެ

369249_3_cc97ec2e441dc134912518eb963b4363707e01d1_large.jpg

އާރްޓީއެލް ފެރީތަކެއް. ޒޯން 2 ގައި ހިމެނޭ ހުރިހާ އަތޮޅަކަށް އާރްޓީއެލް ފުޅާކުރަނީ -- ފޮޓޯ: އެމްޓީސީސީ

އަންނަ ހަފުތާ، ބ.އަތޮޅުގައި, ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއަށްފަހު އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި، އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބުކްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު، ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފުރިހަމަވާނެއެވެ. މީގެ ކުރިން ޅ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅުގައި މި ޚިދުމަތް ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ބ. އަތޮޅާއެކު މިހާރު ޖުމުލަ 11 އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށިއްޖެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާއިރު، މި މަޝްރޫއަކީ ކުރީގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއެކެވެ. މިހާރުގެ ސަރުކާރުން ވެސް މި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަމުންދާކަން ފާހަގަކުރެވެ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު ދަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޒޯން ދޭއްގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއަކީ މުޅި ރާއްޖެ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ޒޯންއަކަށް އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކުރުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top