ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދަން ފެށުމަކީ ގިޔާމާތުގެ އަލާމާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ “މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން”، މި މައުޟޫއަށެވެ.
ޚުތުބާގައި ބުނީ، ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމު ޖަމާއަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށެވެ. އަދި، އެއީ އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުން ނަމަވެސް އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
މުސްލިމަކާއި ދިމާލަށް ބަދުބަސް ބުނުމާއި ޤަޒުފުކުރުމަކީ ހަރާންކަމެއް ކަމުގައިވާއިރު ހިއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފިރުކުރުން ހުއްދަ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެ އަމަލަކީ ޖާހިލުކަމާއި ޝަރުއީ ހުކުމްތައް ދޭހަނުވުމުގެ އިތުރުން ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާއެއް ކަމަށް ވެސް ހުތުބާގައިވެ އެވެ.
ޚުޠުބާގައި އިތުރަށް ބުނީ މިކަމުގެ ހައްލަކީ ސުންނަތް ޖަމާޢަތުގެ މަންހަގަށް އެނބުރި ރުޖޫޢަވުން ކަމުގައެވެ. އިންޓަނެޓުން ދަސްވެނިވުމުގެ ބަދަލުގައި، ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުން ކަމުގައެވެ. އޭގެ ސަބަބަކީ ދީނުގެ ކަންކަން ރަގަޅަށް ނޭގޭ މީހުން ގާތުން އިލްމު ހޯދާން ފެށުމަކީ ގިޔާމަތުގެ އަލާމާތެއްކަމުގައި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވުން ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ބުނެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެކެވެ.
މިއަދު ޚުޠުބާގައި ބުނެފައި ވެއެވެ.






