ބޯ ކަޅުކުރުން ހުއްދަ: ފަތުވާ މަޖިލިސް

big_V6anveb6jXCDsJUY9AigzwDpo.jpg

ފަތުވާ މަޖިލިސް - ފޮޓޯ: އަވަސް

ބޯކަޅުކުރުން ނުވަތަ އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް, ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

ނުރަ ޖެހުމުން އިސްތަށިގަނޑު ކަޅު ކުރުމަކީ ބައެއް ދިވެހީން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ކަޅު ކުލަ ނުޖެއްސޭނެ ކަމާއި އޭގެ ބަދަލުގައި ޖައްސަން ޖެހޭނީ އެހެން ކުލައެއް ކަމަށް ކުރިއްސުރެ ދިވެހީންގެ ތެރޭގައި ވާހަކަ ދެކެވެއެވެ.

އެހެންވެ ހީނާފަތް އެޅުމާއި ކަޅު ފިޔަވާ އެހެން ކުލަ އިސްތަށީގައި ޖެއްސުމަކީ ބައެއް ދިވެހީން ކޮށް އުޅޭ ކަމެކެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށެވެ. އެއީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔަކާއި ހުއްދަ ނޫން ކަމަށް ބުނާ ރައުޔެކެވެ. އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށް އެ މަޖިލީހުން ބުންޏެވެ.

މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ.

”ނަމަވެސް ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަ ކަމަށެވެ،“ ބަޔާނުގައި ބުންޏެވެ.

ފަތުވާ މަޖިލީހަކީ ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ މަޖިލީހެކެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top