ގޯލްޑް ކަޕް ކޮލިފައިން ބޭއްވުމަށް ރަށްރަށަށް ހުޅުވާލައިފި

big_s7U0cZVoTBzHE15dHZVOwXctP-qyi85bl80qc5vd9g31fhx2fq431ek0rqiptp56j13o.jpeg

ގޯލްދްކަޕް މެޗެއްގައި އޭދަފުއްޓާއި ދިއްދޫ ބައްދަލު ކުރި މެޗެއްގެ ތެރެއިން-- ފޮޓޯ: މިހާރު

ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބާއްވައިދޭނެ ރަށްރަށް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ގޯލްޑް ކަޕްގައި މިފަހަރު ޖުމްލަ 28 ޓީމަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މި މުބާރާތް ބާއްވަމުން އަންނަ، ނައިންޓީ ޕްލަސްއިން ނިންމާފައިވެއެވެ. މި 28 ޓީމުގެ ތެރެއިން 18 ޓީމު ކަނޑައެޅޭނީ ކޮލިފައިން މެޗުތައް ކުޅެގެންނެވެ.

ކޮލިފައިން މެޗުތައް ބާއްވަން ބޭނުންވާ ކޮންމެ ރަށަކުންވެސް މި ފުރުސަތު ނައިންޓީ ޕްލަސްއިން ވަނީ ހުޅުވާލައިފައެވެ. އެ ކުންފުނިން ބުނީ، ކޮންމެ އަތޮޅަކުން ވެސް ހުށަހަޅާ އެންމެ ރަނގަޅު ޕްރޮޕޯސަލަށް ބަލައި، އެ އަތޮޅެއްގެ ކޮލިފައިން ބާއްވައިދިނުމުގެ ފުރުސަތު އެ ރަށަކަށް ލިބޭނެ ކަމަށެވެ.
ޕްރޮޕޯސަލްތައް ފޮނުވާނީ [email protected] އަށެވެ.

މިފަހަރުގެ މުބާރާތައް ޖާގަ ކަށަވަރުވެފައި ވަނީ 10 ޓީމަށެވެ. އެއީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަށް ޓީމުގެ އިތުރުން، މި ފަހަރު ކުޅުދުއްފުށީ ސިޓީ އާއި ތިނަދޫ ސިޓީން ނެރޭ ޓީމަށެވެ. އެ ދެ ސިޓީން ޓީމެއް ނެރުމުގެ ދައުވަތު މިހާރު ވަނީ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top