ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑް

adddf.jpg

ތިނަދޫގެ މޭޔަރު ސައުދު: އޭނާއާއި ޑެޕިއުޓީ މޭޔަރު ވަނީ ސަސްޕެންޑުކޮށްފައި -- ފޮޓޯ/ ތިނަދޫ ކައުންސިލް

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސަރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑްކޮށް، ކައުންސިލުން މެންބަރުންނަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމަވައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް އެލްޖީއޭއަށް ހުށަހެޅުމާ ގުޅިގެން ކައުންސިލްގެ އިންކުއަރީއެއް މިދިޔަ މާޗް މަހު ހެދުމަށްފަހު އެލްޖީއޭ އިން އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވުމަށް ކައުންސިލަށްވެސް ހަތް ދުވަހުގެ ފުރުސަތު ދިނެވެ. ކައުންސިލުން ވަނީ އިންކުއަރީއަށް ޖަވާބުވެސް ދީފަ އެވެ.

އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއް ހިމަނާފަ އެވެ.

މި އިންކުއަރީގައި ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި އެހެން ރަށަކަށް ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން ނަގަން ނިންމި 5,000 ރުފިޔާގެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެ އެވެ. އަދި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ މައްސަލަ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ ސިޓީ ކައުންސިލެއް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރައާއި ތިނަދޫ ސިޓީ ކައުންސިލްގެ މެޔަރާއި މެމްބަރުން ނަގާފައިވާ މައްސަލައިގެ އިތުރުން އަދިވެސް ބައެއް މައްސަލަތައް އެލްޖީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ސިވިލް ސާވިސް ގާނޫނާއި ހިލާފަށް އިއުލާން ކުރުމެއްނެތި މުވައްޒަފުން ނެގުމާއި ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެލްޖީއޭގެ އިންކުއަރީގައި ފާހަގަކޮށްފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top