ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ދިގުކުރަން އަންގަވައިފި

413454_3_59939527150385d0fd96808baa3cfb1edc71b98a_large.jpg

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް، ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރަންވީ ވަގުތުތައް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބަންގިއާއި ގަމަތާ ދެމެދު ހޭދަކުރާނެ ވަގުތުތައް މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައި، ކައުންސިލްތަކަށް އަންގައިފައިވާ ކަމަށެވެ.

އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާ ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި އަށް މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ކަނޑައަޅައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ނިންމުމަކީ ބަންގިއާއި ގަމަތާ ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށްގެން ނިންމި ގޮތެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top