ނަތީޖާ ދަށްވަނީ ހުރިހާ ކަމެއް ފަހިވެފައި ހުންނާތީ : ރާޝިދާ

l_157320671022yVik.jpeg

ކުރީގެ ޔޫތު މިނިސްޓަރު ރާޝިދާ ޔޫސުފް

ދަރިވަރުންގެ ނަތީޖާ ދަށްވަނީ އެކުދިން ބޭނުންވާ ހުރިހާ ކަމެއް ފަހިވެފައި ހުންނާތީ ކަމަށް ތައުލީމީ ގޮތުން ރާއްޖެއަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އޭދަފުއްޓަށް އުފަން ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޔޫތު މިނިސްޓަރު ކަންވެސް ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ ފިރިހެން ކުދީންގެ ނަތީޖާ ދަށްވާތާ ކިތަންމެ ޒަމާނެއް ވެއްޖެ ކަމަށާއި، އޭގެ އެއް ސަބަބަކީ މަތީ ތައުލީމު ހާސިލު ނުކުރިޔަސް މަތީ މަގާމުތައް ލިބި ހުރިހާ ކަމެއް ފަހިވާ މަންޒަރު މުޖުތަމައުން ފެނުން ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުދީންނަށް ނަމޫނާ ފިރިހެން ރޯލް މޮޑެލްއެއް ވަރަށް މަދުން ނޫނީ ނުފެނެއެވެ.

އިއްޔެ ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވަނީ ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަށް ބަލާއިރު ބޮޑު ތަފާތެއް އެބައޮތް ކަމަށާއި އެކަން ދެނެގަންނަން އެސެސްމެންޓެއް ހަދަން މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އޭ ލެވެލް އަށް ކިޔަވަމުން އަންނަ ދަރިވަރުން، އޯ ލެވެލް ހެދިއިރު، ޖުމްލަ 7،772 ދަރިވަރުން ބައިވެރިވި ކަމަށާއި އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވީ އެންމެ 46 ޕަސެންޓް އް ދަރިވަރުން ކަމަށެވެ. އަދި ފާސްވި ދަރިވަރުންގެ ފިރިހެން ކުދިންގެ ނިސްބަތަކީ 44 ޕަސެންޓް ކަމަށާއި އަންހެން ކުދިންގެ ނިސްބަތަކީ 56 ޕަސަންޓް ކަމަށް ވިދާޅިވި އެވެ.

”ފުދޭވަރެއްގެ ބޮޑު ގެޕެއް އެބަ ފެނޭ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ ތެރޭގައި“ މިނިސްޓަރު ވިދާޅުވި އެވެ.

މި ފަރަގަކީ ގޮންޖެހުންތަކަށް މަގުފަހިކުރުވާނެ ކަމެއްކަން މިނިސްޓަރު އިއްޔެ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ފިރިހެން ދަރިވަރުންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަތުމަށް ޓަކައި އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު އެސެސްމަންޓެއް ހަދާނެ ކަމަށް ޝަފީއު އިއްޔެ ވިދާޅުވިއެވެ.

ފިރިހެން ދަރިވަރުންގެ ނަތީޖާ ދައްވުމަށް ދިމާވާ މައިގަނޑު ސަބަބުތައް ހާމަކުރައްވަމުން ރާޝިދާ ވިދާޅުވިގޮތުގައި މަތީ ތައުލީމު ހާސިލް ނުކުރިޔަސް މަތީ މަގާމުތައް ލިބޭކަމަށާއި ނުހައްގުން އަވަހަށް މުއްސަނދިވާނެ ގޮތްތައް ފިރިހެން ކުދިންނަށް ފެންނަ ކަމަށެވެ.

”ނުކިޔެވިޔަސް ފިރިހެނަކަށްވީތީ ގިނަ މީހުން އިހްތިރާމް ކުރޭ، ފައިސާ ނެތަސް ބޭނުން ހުރިހާ ކަމެއް ގިނަ ފަހަރާ ކުރެވޭ، މަންމައަށް ފައިސާ ލިބޭނަމަ ސައިކަލު ވެސް ގަނެދޭ،“ އެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

“ސަރުކާރުން ނުވަތަ އެކަނިވެރި މަންމަ އެ ކަން ބަލަހައްޓާ” ރާޝިދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ގިނަ ފިރިހެން ކުދީންނަށް ފެންނަ މަންޒަރު ކަމަށާއި، އަދި އެ ކުދީންގެ ދިރިއުޅުމުގެ ތަޖުރިބާ ކަމަށެވެ.

އަންހެން ކުދިން ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވަން ގަދައަޅައި މަސައްކަތްކުރާއިރު، އެފަދަ އަންހެނުންނާއެކު އަމާން ދިރިއުޅުމެއް އުޅެން ފިރިހެން ކުދިންނަށް ދަސްނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާޝިދާއަކީ 1993ވަނަ އަހަރުން ފެށިގެން ނުވަ އަހަރު ކެބިނެޓުގައި ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ އެންމެ ފުރަތަމަ ޔޫތް މިނިސްޓަރުގެ އިތުރުން އަންހެނުންގެ މިނިސްޓަރުކަން ވެސް އަދާކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top