ކައުންސިލަރުންގެ ޚުތުބާ ކޯހުގައި 50 ކައުންސިލަރުންނަށް ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިއީ ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީންގެ ފުރަތަމަ ބުރު ކަމަށެވެ. މި ކޯހުގެ ޝަރުތަކީ ކައުންސިލަރަކަށް ވުމާއި، ފިރިހެނަކަށް ވުމެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހުކުރު ކުރުމާއި ޚުތުބާ ކިޔުމުގެ ހުއްދަ ލިބޭ ކޯހެކެވެ. އަދި މި ކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެން ކައުންސިލަރުންނަށް އެކަނި ކަމުގައި އެ މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވެއެވެ.
15 ހަފްތާގެ މި ކޯހުގައި އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދާނީ ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 އަށެވެ.





