”މަގޭ ޢީދު“ން އެކަނިވެސް ދަރަވަންދުއަށް މިލިޔަނުން ރުފިޔާ

WhatsApp-Image-2024-10-25-at-23.15.57-scaled-1.webp

ދަރަވަންދޫގައި ބޭއްވި ހަރަކާތެއްގެ ތެރެއިން: މި އަހަރަކީ ދަރަވަންދޫގެ ވިޒިޓް އިޔާ -- ފޮޓޯ/ ވިޒިޓް ދަރަވަންދޫ 2025

ރަށުގެ އިގުތިސާދު ރަނގަޅުކުރުމަށް ދަރަވަންދޫ ކައުންސިލުން ކުރިއަށްގެންދާ “ވިޒިޓް ދަރަވަންދޫ އިޔާ 2025″ގެ ދަށުން ހަމައެކަނި މިދިޔަ ބޮޑު އީދަށް އެކަނިވެސް މިލިއަނުން އެ ރަށަށް އާމްދަނީ ވަންނާނެ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

އޮންލައިން ނޫސް ”ސަން“އަށް ދެއްވި އިންޓަވިއުއެއްގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ، ވިޒިޓް އިޔާ ފާހަގަކުރާއިރު މީގެ ކުރީން ދަރަވަންދުއަކީ އޮންނަ ތަނެއްކަން ވެސް މީހުންނަށް ނޭނގޭ ކަމަށެވެ.

ނަމަވެސް، މިއަދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ މީހުންނަށް ވެސް ދަރަވަންދޫއޭ ބުނުމުން ވަރަށް ފަސޭހައިން އެނގޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދަރަވަންދުއަށް މީހުން ދާހިތްވާނެ އެތައް ސަބަބުތަކެއް މިހާރު އުފައްދަމުންދާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އަހަރަކަށްވުރެ އަހަރެއް ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެ ގޮތުން، މި އަހަރުގެ ޢީދަށް ވެސް 1،000 އެއްހައި މީހުން ޒިޔާރަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމީހު ވިދާޅުވާ ގޮތުގައި، ބޭނުންވަނީ މިފަދަ ކެމްޕެއިންތަކުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބެން ކަމަށެވެ. ކައުންސިލުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ޖީބަށް އެއްޗެއް ވަންނާނެ ގޮތް ހޯދައިދިނުންކަން ސަމީހު ފާހަގަކުރެއްވިއެވެ.

ސަމީހު ވިދާޅުވީ، ދަރަވަންދުއަކީ އޮތް ތަނެއްކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އަންގައިދިނުމަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑު ކާމިޔާބަކަށް ވާސިލުވެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް މުޅި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި، އުންމީދުކުރަނީ ވިޒިޓްއިއާގެ މި އަހަރަކީ ކާމިޔާބު އަހަރަކަށްވާނެ ކަމަށް އަންދާޒާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަގޭ ޢީދުގެ ނަމުގައި ދަރަވަންދޫގައި މި ފަހަރު ވަނީ އީދާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top