ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

IMG_5502.webp

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ގައުމީ ޚިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ޖެހޭނެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ޚިދުމަތް ކުރެވޭނެފަދަ ސިއްހަތެއްގައި ހުރި ފަރާތެއް ކަމުގައި ބަލާނީ މެޑިކަލް އެސެސްމެންޓެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހު އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުމާއި، ގައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ޒުވާނުން ތައްޔާރުކުރުން ހިމެނެއެވެ. މީގެއިތުރުން، ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރުމުގެ މަގު ތަނަވަސް ކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަގުސަދެކެވެ.

ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ޕްރޮގްރާމު ފުރިހަމަކުރާ ފަރާތްތަކަށް ކަނޑައެޅޭ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

މި ޚިދުމަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގައި ބައިވެރިވުމަށް އެދޭ ފޯމް“ ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭނީ އީމެއިލް މެދިވެރިކޮށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށެވެ.

މި ފޯމު، މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އެކެއް ޖޫން 2025ގެ މެންދުރު 12:00ގެ ނިޔަލެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top