ކުށްމަދު ވެއްޓަކަށް އޭދަފުށި ހެދުމަށް ސީސީޓީވީ ކެމެރާ ހަރުކުރަނީ

DSCN6122.jpg

އޭދަފުށި ބަނދަރުމަތި---އިވީ ފޮޓޯ

ކުށްމަދު ވެއްޓަކަށް އޭދަފުށި ހެދުމުގެ ގޮތުން އޭދަފުށީގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި މި ކެމެރާކެމެރާތައް އެންމެ ފުރަތަމަ ހަރު ކުރަނީ ބަނދަރު ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުންނެވެ.

ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތެކެވެ.

ކެމެރާތައް ހަރުކުރުމަށް ޓަކާ މިހާރު ކުރަމުން އަންނަނީ ބަނދަރު ސަރަހައްދުގައި ފައިބަ ކޭބަލް އެޅުމުގެ މަސައްކަތެވެ.

ފުލުހުން ބުނި ގޮތުގައި މިފަދަ ކަންކަން ކުރިއަށް ގެންދަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ގޮތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top