އޭދަފުށީ އަންހެނުންކޮމެޓީ ގެ މަދަހަ މުބާރާތް މިއަދު ފަށަނީ

viber_image_2025-03-10_16-02-28-346.jpg

އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މިއަހަރު ރަމަޟާން މަހު ބާއްވަން ނިންމާފައިވާ މަދަހަ މުބާރާތް މިއަދު ހަވީރު ފަށާނެ ކަމަށް އެކޮމެޓީން ބުނެފި އެވެ.

ހަވީރު 4:30 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި މުބާރާތް ފަށަން ނިންމާފައިވާއިރު، މިއަދު އޮންނާނީ ފަައުޑޭޝަން އާއި ކީސްޓޭޖް 1 ގެ ސޯލޯ އެވެ. މިރޭ އޮންނާނީ ކީސްޓޭޖް 2 އިން ފެށިގެން 18 އަހަރުން މަތީގެ ސޯލޯ އެވެ.

53 މަދަހަ ކިޔުންތެރިންނާއި 15 ގްރޫޕް ބައިވެރިވާ މި މުބާރާތުގެ ފަނޑިޔާރުންނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތާރަވައި) އާއި ހައްވާ އަޝްރާ އެވެ.

މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެބަޔަކަށެވެ. އެއީ ސްކޫލް ކުދިންނާއި އާއްމުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. ސްކޫލްކުދިންގެ ތެރެއިން ފައުންޑޭޝަނުން ފެށިގެން ކީސްޓޭޖް 1 ،2 ،3، 4 އާހަމައަށެވެ. އާއްމުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވެއެވެ.

މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުގެ ރަންވަނަ ތަކާއި މުޅި މުބާރާތުގެ ރަންއަޑުގެ ވެރިޔާ ހޮވައި އެފަރާތަށްވެސް އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި މަދަހަ މުބާރާތުގެ މަގުސަދަކީ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމާއި މަދަޙަ ކިޔުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ވާދަވެރި ގޮތެއްގައި ހުނަރު ދައްކައިލުމަށް މަގުފަހިކޮށް ދިނުން ކަމަށް ކޮމެތީގެ ރައީސް ޒީމާ އިބްރާހީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top