ސިޔާމްގެ ރޯދަ ހަދިޔާ: ކަމަދޫ ކޮންމެ ގެއަކަށް ބިސް ކޭހެއް

klh.jpg

މިދިޔަ ބޮޑުއީދު ފާހަގަ ކުރުމުގެ ގޮތުން ކަމަދޫގައި ބޭއްވި ކުޅިވަރުތަކުން ވިދާލި އެރަށުގެ ޒުވާން ޒާރާއާއި ކައިވެނި ބައްލަވައިގެން އުޅުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ ފަރާތުން ކަމަދޫ ރައްޔިތުނަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް ބިސްކޭހެއް ދޭން ނިންމަވައިފި އެވެ.

މިގޮތަށް ނިންމަވައިފިކަން ހާމަކުރައްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

ސިޔާމް ވަނީ މީގެކުރިން އެރަށު ރައްޔިތުންނަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކޮށްދިނުމަށް ނިންމަވައި ކަމަދޫ ކައުންސިލާ ގުޅިގެން އެ މަސައްކަތްވެސް ފައްޓަވާފައެވެ.

މީގެއިތުރުން، ސިޔާމް ވަނީ ވެލިދޫ ދާއިރާގެ ވެލިދޫ، ޅޮހި، ފޮއްދޫގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށްވެސް ބިސް ކޭހެއް ހަދިޔާކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top