ރޯދަ މަހު، އުޅުމާއި ގުޅުމަށް އަންނަ ހެޔޮ ބަދަލުތައް ދަމަހައްޓަވާ! ރައީސް

large_173158277135M5N1.png

ރައީސް ޑރ. މުޙައްމަދު މުއިއްޒު: -- ފޮޓޯ: ރައީސް އޮފީސް

ރަމަޝާންމަހު، އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތުގައިވެސް ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

”ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ އަޒުމު ކަނޑައަޅައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރު އަޅުއްވާ.“ ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ އިހުލާސްތެރި މަސައްކަތް، ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނެ ކަމަށެވެ.

އަދި ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި ސަރުކާރުން އިސް ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top