ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި

480778230_1153465126569380_8926173623471843835_n.jpg

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ރާއްޖޭގެ 216 ސްކޫލެއްގައި ކުދިންނަށް ރިޕޯޓް ފޮތް ދީ، ސްކޫލްތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިފިއެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރު ފަށާނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ. އެހެންކަމުން ރޯދަ މަސް އެއްކޮށް ސްކޫލު ކުދިންނަށް ޗުއްޓީ ލިބޭނެ އެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި 16 ދުވަސް ލިބޭނެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ ދިހަ ވަނަ ދުވަހުއެވެ. ދެ ވަނަ ޓާމު ނިމި ބޮޑު ބަންދު ވާނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ބޮޑު ޗުއްޓީގެ ގޮތުގައި މަހެއްހާ ދުވަސް ލިބޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ސްކޫލްތަކުގައި ކިޔެވި 96،000 ދަރިވަރުންގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކޮށްފައިވަނީ މާލޭ ސަރަހައްދުގައި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top