ރާއްޖެތެރޭގައި ގާއިމުކުރާ ހައުސިން މަޝްރޫއުތައް ރޯދައިގެ ފަހުން ފަށަނީ

DSCN2028.jpg

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ހިއްކި ބިން --އީވީ ފައިލް ފޮޓޯ

ރާއްޖޭގެ ބައެއް ރަށްރަށުގައި ސަރުކާރުން ގާއިމު ކުރުމަށް ނިންމާފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއު، ރޯދަމަސް ނިމޭއިރު ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިމަޝްރޫއުގެ ދަށުން އޭދަފުށީގައި ވެސް 1000 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ މީޑިއާގައި ވިދާޅުވީ މިހާރު އިއުލާނު ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި ބައެއް މަޝްރޫއުތައް ރޯދަމަސް ނިމޭއިރު ފެށޭނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

މި ހައުސިން ޔުނިޓްތައް އިމާރާތްކުރަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

މި މަޝްރޫއުގެ ދަށުން އެކި ރަށްރަށުގައި 30 ހައުސިން ޔުނިޓުން ފެށިގެން 2،000 ހައުސިން ޔުނިޓާ ހަމައަށް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top